އަހްމަދު ނިހާން ހުސައިން މަނިކު

އާދިލް ސަލީމުގެ ސުވާލެއް ނިހާނަށް: ދައުލަތުން ވަގަށް ނެގި ފައިސާ އަނބުރާ ރައްޔިތުންނަށް ދެއްވާނަންތޯ؟

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ފައިސާ އަނބުރާ ރައްޔިތުންނަށް ދެއްވާނެތޯ، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލު ސަލީމު، ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން ހައްޔަރުކުރެވިދާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވައި އާދިލު ސަލީމު ވަނީ ނިހާނަށް ދެ ސުވާލެއް ކުރިމަތި ކުރުވައިފައެވެ.

އެގޮތުން ދައުލަތުން ވަގަށް ނެގި ފައިސާ އަނބުރާ ރައްޔިތުންނަށް ދެއްވާނެތޯއާއި މަޖިލީހަށް ކުރިމަތިލައްވާ އިރު ދިވެހި އިގުތިސޯދުން ގެއްލުނު އެތައް އެތައް ބިިލިއަނެއް ހޯދަންޖެހޭ ކަމަށް ނިހާން ގަބޫލުކުރައްވަންތޯ ސަލީމު ސުވާލު ކުރެއްވިއެވެ.

ނިހާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުވެސް ކުރެވިދާނެ ކަމަށާއި އަދި ޖަލަށްވެސް ލެވިދާނެ ކަމަށެވެ. އަދި ޖަލަށްލިނަމަވެސް އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ފިކުރު ޖަލަށް ނުލެވޭނެ ކަމަށް ނިހާން ވިދާޅުވެފައި ވެއެވެ.

މަނީ ލޯންޑެރިންގެ މައްސަލައިގައި ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.