ޚަބަރު

ރާއްޖޭގެ އެނިމޭޓަޑް ފިލްމަކަށް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އެވޯޑެއް

އަލީ ޔާމިން

ދިވެހިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެނިމޭޓެޑް ޝޯ، "މާކަނާ"ގެ ޕްރޮޑިއުސަރު އަދި އެނިމޭޓަރު ޔާމީން ރަޝީދުގެ އެނިމޭޓެޑް ކުރު ފިލްމު "ޕެރަގޮންސް އޮފް ބޮލެވާޑް"އަށް ވޯލްޑް ފިލްމް ކާނިވަލްގެ ކްރިޓިކްސް ޗޮއިސް އެވޯޑު ލިބިއްޖެއެވެ.

ސިންގަޕޫރުގައި ބޭއްވި އެ އެވޯޑް ހަފުލާގައި ޔާމީންގެ ފިލްމަށް އެވޯޑް ލިބިފައިވަނީ އެމެރިކާ އަދި ކެނެޑާގެ ފިލްމުތަކާ ވާދަކޮށްގެންނެވެ. މިއީ ރާއްޖޭގެ ފިލްމަކަށް މިފަދަ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.

މި ފަހުރުވެރި އެވޯޑު ލިބުމާ ގުޅިގެން ޔާމީންގެ ފޭސްބުކް ޕޭޖުގައި އޭނާ މިއަދު ބުނީ، އެ އެވޯޑަކީ ގައުމަށް ލިބިގެންދިޔަ މޮޅެއް ކަމަށެވެ.

ޔާމީން އަންނަނީ، ސެލްމިން އެނިމޭޝަންގެ ނަމުގައި ސްޓޫޑިއޯއެއް އުފައްދައި އެނިމޭޓެޑް ގިނަ މަސައްކަތްތަކެއް އާންމުންނަށް ގެނެސްދެމުންނެވެ.