ޚަބަރު

ދަރުމަވަންތަ ޕާޓީގެ ނަމުގައި ސިޔާސީޕާޓީއެއް އުފެެއްދުމަށް ހުއްދަ ދީފި

ދަރުމަވަންތަ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ހުއްދަ މިއަދު ދީފައިވަނީ އަހުމަދު ޝަފީގު (ޑީއޯ ސައްޕެ) އަށެވެ.

ޑީއޯ ސައްޕެ އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ކުރީންވެސް މަސައްކަތްކުރަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ އެމްޑީޕީ އުފެއްދުމުގައި ޑީއޯ ސައްޕެ ވަނީ އިސް ރޯލެއް އަދާކުރައްވައިފައެވެ.