ޚަބަރު

ގާނޫނީ ހިދުމަތުގެ ބިލާ ގުޅޭގޮތުން ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނާ ގާސިމް ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.

ގާނޫނީ ހިދުމަތުގެ ބިލާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބައެއް އިލްމުވެރިންނާ ގާސިމް ބައްދަލު ކުރައްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިބައްދަލުވުމުގައި ގާސިމް ވަނީ ގާނޫނީ ހިދުމަތުގެ ބިލާއި ގުޅޭގޮތުން އިލްމުވެރިންނާ މަޝްވަރާކުރައްވައިފައެވެ.

2018 ވަނަ އަހަރުގެ ފަހުކޮޅު ވުޖޫދަށް އައި ގާނޫނީ ހިދުމަތުގެ ބިލަކީ އޭގެ ކުރިން ގާނޫނީ އޮނިގަނޑެއް ނެތި ވަކީލުން ރެގިއުލޭޓް ކުރަމުން އައި ކުރުމަށް ނިމުމެއް ގެނެސް ވަކި ގާނުނަކާއި އުސޫލެއްގެ ދަށުން ވަކީލުން ރެގިއުލޭޓް ކުރުމަށް އެކުލަވައިލި ބިލެކެވެ.