ރައީސް ޔާމީން

ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދިއްޖެ

1

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި ޕީޖީގެ މި ހުށަހެޅުމާމެދު ގޮތެއް ކަނޑައެޅުމަށް ރައީސް ޔާމީން މިއަދު 1:30އަށް ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ.

ވަން އޮންލައިން އަށް ކަށަަވަރުވެފައިވާ ގޮތުގައި، ރައީސް ޔާމީން މިއަދު ކޯޓަށް ހާޒިރުކުރެވޭ ބޭނުން ކަމަށް ޗިޓުގައި ބަޔާންކޮށްފައި ވަނީ، ދައުލަތުން އެމަނިކުފާނުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިން ކުރުމުގެ ކުށުގެ މައްސަލައިގައި ބަންދާއި މެދު ގޮތެއް ކަނޑައެޅުމުގެ މަޖިލީހެއް ބޭއްވުމަށެވެ.

ރައީސް ޔާމީން ހައްޔަރުކުމުގެ އަމުރަކަށް ޕީޖީން އެދިފައި މި ވަނީ އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގެ ދައުވާ ވެސް އުފުލާފައި ވަނިކޮށެވެ.

މި ކަމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ފ. ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވަން އޮންލައިން އަަށް ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކުރުމުގެ އަމުރެއް އުޅޭ ވާހަކަ އަޑު އެބަ އިވޭ ކަމަށާއި އަދި ކަށަވަރު ނުވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟