ޚަބަރު

ޖެންޑާ މިނިސްޓަރ ޝިދާތާ އެސްޓީއޯގެ އަންހެން މުވައްޒަފުންނާ ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފް އެސްޓީއޯގެ އަންހެން މުވައްޒަފުންނާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ އެސްޓީއޯގެ އަންހެން މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރ ވަނީ އެސްޓީއޯގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ހުރި އެކި ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައިފައެވެ.

ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރު، ޖެންޑާ މިނިސްޓްރީން އަންނަނީ އަންހެނުން ބާރުވެރި ކުރުވުމަށް ތަފާތު އެކި މަސައްކަތް ކުރަމުންނެވެ.