ޝެއިޚް އަލީ ޒައިދު

އެންމެންވެސް ލާރިއަށް ލޯބިކުރާނެ، ނަމަވެސް ހަރާމް ހަލާލު ބަލަންޖެހޭނެ: ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

އެންމެންވެސް ލާރިއަށް ލޯބިކުރާނެ ކަމަށާއި ނަމަވެސް އެކަމުގައި ހަރާމް ހަލާލު ބަލަންޖެހޭނެ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖީބަށް ކިތަންމެ އުނދަގުވިޔަސް ފައިސާ ގެންގުޅޭ މީހާ ގެންގުޅެނީ ވަރަށް އުފަލުން ކަމަށެވެ.

އަދި ވަގަށް ހިޔާނާތުން ފޭރިގަތުމުން ގޯސްވާ ކަމަށް ވިދާޅުވެ ޒައިދުވަނީ ހަލާލު ފައިސާއަށް ލޯބިކުރައްވައި ސޮދަގާތްކުރުމަށް ގޮވާލައްވައިފައެވެ.