އަރަބިއްޔާ ސްކޫގެ ޓީޗަރުން މަދުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ދެ މިނިސްޓަރެއް މިސްރަށް ވަޑައިގެންފި އެވެ.
އެގޮތުން މި ދަތުރުފުޅުގައި މިސްރަށް ވަޑައިގެންފައި ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އެވެ. މި ދެބޭފުޅުންނާއެކު ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރުވެސް ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި އެބޭފުޅުން ވަނީ މިސްރުގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއާޒް އެންޑް އެންޑޯމަންޓްސް ޑރ. މުހައްމަދު މުހްތާރު ޖުމާގެ އިތުރުން މިސްރުގެ 'ގްރޭންޑް މުފްދީ' ޑރ.ޝައުކީ އިބްރާހީމް އައްލާމް އާއި ބައްދަލު ކުރައްވައިފަ އެވެ.
އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަށް ވާއިރު، ސްކޫލަތަކުގެ ކިޔެވުން ފެށުނީއްސުރެ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އަންނަނީ ޓީޗަރުންގެ ދަތިކަމުގެ ޝަކުވާ ކުރަމުންނެވެ.