ޚަބަރު

ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބޯ ފަޅާލައިފި

ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ބޯ ފަޅާލައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ 12:45 ހާއިރު އަލިކިލޭގެފާނު މަގުގައި މާރާމާރީއެއް ހިންގައިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ މާރާމާރީގައި 22 އަހަރުގެ ޒުވާނެއްގެ ބޮލުގެ ދެ ތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށާއި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއް ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ. އެ މާރާމާރީގައި ބޯ ފަޅައިގެންދިޔަ ފިރިހެން މީހާއަށް މިހާރު އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ތޫނު ހަތިޔާރު ހިފައިގެން ގްރޫޕު މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން ބޭނުންކުރި ދެ ސައިކަލް ހުއްޓުވައި ޓޯ ކޮށްފައިވާ ކަމަށެވެ.