ދިވެހި ގައުމީ ދިދަ ބޭނުންކުރަމުން އައި އުސޫލު ހޯމް މިނިސްޓްރީން މިއަދު ބާތިލުކޮށްފިއެވެ.
ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު ބާތިލު ކުރިކަން އަންގައި ހޯމް މިނިސްޓްރީން ވަނީ ގެޒެޓުގައި އިއުލާންކޮށްފައެވެ.
ދިވެހި ދިދަ ބޭނުންކުރުމުގެ އުސޫލެއް ކަނޑައަޅައިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ.
8 މާޗް 2017 ގައި އަމަލުކުރަން ފެށި އުސޫލުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުންވިޔަސް އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގައުމީ ދިދައަށްވުރެ އުސްކޮށް އެހެން އެއްވެސް ދިދައެއް ނުނެގޭނެ ކަމަށެވެ.