ސެނެހިޔާ ހޮސްޕިޓަލް ކުރިމަތީ ކަފިހި ހުރަސް މަތިން ހުރަސްކުރަނިކޮށް އަންހެނެއްގެ ގައިގައި ޓެކްސީއަކުން ޖެއްސި ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައިވާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން ޓެކްސީ ދުއްވަން އިން މީހާގެ ލައިސެންސް ދެ އަހަރު ދުވަހަށް ހިފަހައްޓާފައި ވަނީ ގާނޫނު ނަންބަރު 5/2009 ގެ 63 ވަނަ މާއްދާގެ ނޫނުގެ ދަށުންނެވެ. މިގޮތުން މިޓެކްސީ ޑްރައިވަރުގެ ލައިސަންސް ހިފެހެއްޓުމުގެ އިތުރުން ޓްރާންސްޕޯޓުން ވަނީ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލްކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވަނީ ޓްރާންސްޕޯޓުން އެ ޓެކްސީ ޑްރައިވަރުގެ ލައިސެންސް ހިފަހައްޓާފައި ވަނީ ފުލުހުން އެކަމަށް އެދި ހުށަހެޅި ސިޓީއަކާ ގުޅިގެންކަން ހާމަކޮށްފައެވެ.
މި ހާދިސާގައި ދެމީހެއްގެ ގައިގައި ޓެކްސީން ޖެހިފައިވާ އިރު، ސީރިޔަސް އަނިޔާތަކެއް ލިބިފައިވަނީ މެދު އުމުރުގެ އަންހެނަކަށެވެ.