ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯ ޖެހި ޑޮލަރު، މޭމަތީގައި ޖަހައިގެން ދޫވެހި ކުރިމަތީގައި ހުންނެވީ ވައްކަންކޮށްފައި ނެތީމަ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ނެރުނު ރިޕޯޓުގައި، އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނުމާ ގުޅިގެން އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައިގައި މިނިސްޓަރު މަހުލޫފަށް ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު ވަނީ އަންގަވައިފައެވެ.
އެ މައްސަލައާ ގުޅިގެން މަހުލޫފު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީން ކުރިން ދިރިއުޅުއްވި ގެކޮޅު ކަމަށްވާ ދޫވެހި ކުރިމައްޗަށް އޭނާ ފޭކު ޑޮލަރުތަކެއް އުކައި ރައީސް ޔާމީންގެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ހެދީ ވައްކަންކޮށްފައި ނޯންނާނެތީ ކަމަށެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ އެފަދަ ކަމެއް ކުރިނަމަ އޭނާ ހުރީހީ ޔާމީން ކައިރީގައި ތާށިވެފައި ކަމަށާއި އެފަދަ ކަމެއްކޮށްފައި ހުރި ނަމަ އެންމެ ފުރަތަމަ ޖަލަށްލާނެ މީހަކީ އޭނާ ކަމަށެވެ.