ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ހުށަހަޅާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އާޒިމާ ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރކުރުމަށް މަގުފަހިކޮށްދިނުމުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދަޢުވާ އާޒިމާގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އާޒިމާގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ފޮނުވާފައިވާ އިރު، މަނީ ލޯންޑަރިންގ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަނބުދުﷲ ޔާމީން އަބުދުލް ގައްޔޫމާއި، އާޒިމާ ވަނީ މީގެ ކުރިން ފުލުހުންނަށްވެސް ހާޒިރު ކޮށްފަ އެވެ.
ކުރީގެ ސަރުކާރުގައި ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އާޒިމާގެ މައްޗަށް ދަައުވާ ކުރަން ފޮނުވި އިރު، އެ މައްސަލާގެ ތުހުމަތުގައި މިދިޔަ މަހު އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.
މިމައްސަލައިގެ ތުހުމަތުގައި، ރައީސް ޔާމީންގެ ބޭންކް އެކައުންޓް ފުލުހުން އެދިގެން ވަނީ ފްރީޒްކޮށްފަ އެވެ.