ޚަބަރު

އެމްޕީއެލްގެ ޗެއާމަންކަމަށް ނަޒާކީ ޒަކީ އައްޔަން ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަން ކަމަށް، މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އައްޔަންކޮށްފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲގެ މުޝީރުކަމުގެ މަގާމުގައި ހުންނެވި، ވިޔަފާރި ވެރިޔާ އެމްޕީއެލްގެ ޗެއާމަން ކަމަށް ހަމަޖައްސައިފިކަމަށް އޭނާ ވަނީ ޔަގީންކޮށްދީފަ އެވެ.

ޒަކީ އޭނާގެ އެފްބީ ޕޯސްޓްގައި ވިދާޅުވެފައިވަނީ، އިތުބާރު ކުރައްވައި އެ މަގާއަށް އޭނާ އައްޔަން ކުރެއްވީތީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި އޭނާގެ ލީޑާޝިޕްގެ ދަށުން އެމްޕީއެލް ހަރުދަނާކޮށް އެތަނަުގެ ހިދުމަތްތައް ރަނގަޅުކޮށް ވިޔަފާރީގައި އެ ކުންފުންޏަށް ކުރިއެރުން ހޯއްދަވައި ދެއްވާނެ ކަމަށެވެ.

މާލޭ ޕޯޓުގެ ދަތިކަމަކީ ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވެފައިވާ މައްސަލައެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕޯޓްގެ މައްސަލަ ހައްލުކޮށްދެއްވުމަށް ގިނަ ކަންތައްތައްތަކެއް ރާއްވަވާފައިވާކަމަށް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.