މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ފަރުވާދޭން ހުރި މީހާ ޗުއްޓީ ނެގުމުން ޖަނަވާރުންނަށް ފަރުވާދޭ ކުލިނިކު ވަގުތީ ގޮތުން ބަންދުކޮށްފި

ޖަނަވާރުންނަށް ފަރުވާދިނުމަށް ވިލިމާލޭގައި ހުޅުވި ކުލިނިކު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ފިޝަރީޒު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމިނިސްޓްރީން ވިލިމާލޭގައި ދެމުން އަންނަ ވެޓެރިނަރީ ސާވިސްގެ ދަށުން ފަރުވާދޭ، ވެޓެރިނޭރިއަން އާއިލީ ޒިންމާ ޗުއްޓީއެއްގައި އޭނާގެ ގައުމަށް ފުރާތީ މިމަހުގެ 17 އިން 24 އަށް ވެޓެރިނަރީ ސާވިސް ވަގުތީ ގޮތުން މެދުކަނޑައިލައިފައިވާ ކަމަށެވެ.

ދެން ވެޓެނެރީ ސާވިސްގެ މަސައްކަތް ފަށާނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

ޖަނަވާރަށް ފަރުވާދޭ ކްލިނިކް ހުޅުވީ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އެވެ.