ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި ކ.ހުރާގައި ދެމީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންބުނީ އެފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދެ ފިރިހެނުންގެފޯނު ކަމަށެވެ. އެއީ 50 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ. މިދެމީހުންގެވެސް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުން ބަލަމުންދާ ބްލެކްމެއިލްގެ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.