ޚަބަރު

އިބޫގެ އެދިވަޑައިގަތުމާ ޚިލާފަށް ސްޓެލްކޯ އިން އާ 26 މަގާމް އުފައްދައިފި

މުހައްމަދު އައުޒަމް

2

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ އެދިވަޑައިގަތުމާ ޚިލާފަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަލަށް 26 މަގާމު އުފައްދައިފިއެވެ.

ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ސޮއިކުރައްވައި ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ އެއީ ކުންފުނީގެ ހިންގުމުގެ ދާއިރާތަށް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑުގައި ހިމެނޭ އިތުރު މަގާމްތައް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ސާކިއުލާ ނެރެފައި ވަނީ، ރިޔާސީ އިންތިޚާބަށްފަހު ވެރިކަން ބަދަލުކުރުމުގެ ކަންކަން ހިނގަމުންދާ މިދަނޑިވަޅުގައި އިތުރު މަގާމްތަކަށް މުވައްޒަފުން ނުގެނގުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެދިވަޑައިގެންފައި ވަނިކޮށެވެ.

އެ ސާކިއުލާގައި ވަނީ ސްޓެލްކޯ ހިންގުމުގެ ދާއިރާތައް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކުންފުނީގައި ޚިދުމަތާއި މަސައްކަތްތައް އެކަށީގެންވާ އޮގައިޒޭޝަނަލް ސްޓްރަކްޗަރ ނުވަތަ ހިންގުމުގެ އޮނިގަނޑު އެކުލަވާލެވި، މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އާންމު ކުރެވިފައިވާ ކަމަށެވެ.

ސާކިއުލާއާއެކު އާންމު ކޮށްފައިވާ އިދާރީ 12 މަގާމްތަކަކީ:

ޗީފް ފައިނޭންޝަލް އޮފިސަރ

ކޮމްޕެނީ ސެކްރެޓަރީ، ޖެނެރަލް މެނޭޖަރ

ޗީފް އިންޓަރނަލް އޮޑިޓަރ

ކޮލިޓީ އެޝުއަރެންސް އެންޑް ސޭފްޓީ މެނޭޖްމަންޓް އޮފިސަރ

ޗީފް އެކައުންޓެންޓް

ސީނިއަރ ސާރވިސް މެނޭޖަރ

ސާރވިސް މެނޭޖަރ

ޑެޕިއުޓީ ސަރވިސް މެނޭޖަރ

އެސިސްޓެންޓް ސަރވިސް މެނޭޖަރ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓު

ސާކިއުލާގައި އާންމުކޮށްފައިވާ ޓެކްނިކަލް 14 މަގާމަކީ:

ޗީފް ސްޕްރިންޓެންޑެންޓް އިންޖިނިއަރ

ޗީފް ޓެކްނިކަލް އޮފިސަރ

ޓެކްނިކަލް ސްޕްރިންޓެންޑެންޓް

ސްޕްރިންޓެންޑެންޓް އިންޖިނިއަރ

ޗީފް އިލެކްޓްރިކަލް/މެކޭނިކަލް އިންޖިނިއަރ

ސީނިއަރ ސަރވިސް އިންޖިނިއަރ

ސަރވިސް އިންޖިނިއަރ

އެސިސްޓެންޓް ސަރވިސް އިންޖިނިއަރ

ސީނިއަރ ސާރވިސް ސްޕަވައިޒަރ

ސަރވިސް ސްޕަވައިޒަރ

ސީނިއަރ ސަޕޯޓް އެސިސްޓެންޓް

ޖޫނިއަރ ސަޕޯޓް އެސިސްޓެންޓް

ސީނިއަރ ސްޓޭޝަން ސްޕަވައިޒަރ

ސީނިއަރ އިންޖީން އޮޕަރޭޓަރ

އާ މަގާމްތަކެއް އުފައްދަވާފައިވާއިރު، މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޒުހޫރު ވިދާޅުވީ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ބޮޑުވުން ކަމަށެވެ. އެގޮތުން އެކުންފުނީގެ ދަރަނި މިއަހަރު ފަސް ބިލިއަނަށް އަރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟