ރާއްޖެއިން އިޒްރޭލާ ގުޅުން ގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އިޒްރޭލާ އެކު ދެން އެންމެ އަވަހަށް ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރާނީ ރާއްޖެ އަދި ކޮމޯރޯސްއިން ކަމަށް އިޒްރޭލުގެ އެންމެ ބޮޑު އެއް ނޫސް ކަމުގައިވާ ޓައިމްސް އޮފް އިޒްރާއިލުން ވަނީ ރިޕޯޓްކޮށްފައެވެ،
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިރޭ ބުނީ ރާއްޖެ އާއި އިޒްރޭލާ ދެމެދު ގުޅުން ގާއިމުކުރުމުގެ މަސައްކަތެއް އަދި މަޝްވަރާއެއްވެސް ސަރުކާރުން ނުކުރާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ރައީސްކަމުގައި އިޒްރާއިލާއި ރާއްޖެއާ ދެމެދު ޑިޕޮލޮމެޓިކް ގުޅުން އޮތެވެ. އެހެން ނަމަވެސް ރައީސް މައުމޫންް އަބްދުލްގައްޔޫމް ވެރިކަމުގައި އެ ގުޅުން ސަސްޕެންޑު ކުރިއެވެ. އެފަހުން އިޒްރާއީލާ އެއްވެސް ގުޅުމެއް ރާއްޖޭން ބާއްވާފައެއް ނުވެއެވެ.
ރާއްޖެއިން އިޒްރޭލާ ގުޅުން ކަނޑާލައިފައިވަނީ އެގައުމުން ފަލަސްތީނުގެ މުސްލިމުންނަށް ކުރަމުންގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެންނެވެ.