ޝެއިޚް އަލީ ޒައިދު

އެމްއެމްޕީއާރުސީގެ ރިޕޯޓު ނެރުން ލަސްކުރުމަކީވެސް އޭގެ ޒާތުގައި ޚިޔާނާތެއް: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

2

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓިކޮރަޕްްޝަންސް ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓު ނެރުން ފަސްކުރުމަކީވެސް އޭގެ ޒާތުގައި ޚިޔާނާތެއް ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭސީސީން މިއޮއްހައި ދުވަހު ރިޕޯޓް ނިންމުމަށްފަހު ފޮރުވާފައި ބޭއްވީ ކޮން ސަބަބެއް އޮވެގެންތޯ ސުވާލުކުރައްވާފައެވެ.

ޒައިދު ވިދާޅުވީ މި މިނިވަން މެންބަރުންނާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ނުފޫޒު ދަށުވާން ނުޖެހޭ ކަމަށެވެ. އަދި ދަށުވާނަމަ އިސްތިއުފާދެއްވުމަށް ޒައިދު ވަނީ ގޮވާލައްވާފައެވެ.

މީގެއިތުރުން ޒައިދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ޚިޔާނާތްތެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން ފެށިއްޖެނަމަ ގޭގައި އިންނަ އަނބިމީހާވެސް، ތިޔަ ގެންނަނީ ސައްހަ ލާރިތޯ ހަ ފަހަރަަށް އަހާނެ ކަމަށެވެ.

އަދި ދޭ ނަސޭހަތަށް ބައެއް މީހުން ނުގުޑާނެ ކަމަށާއި އެމީހުން ގުޑާނީ އަދަބަށް ކަމަށްވެސް ޒައިދުގެ ޓުވީޓުގައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟