ޚަބަރު

ގުުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަނީ

ކ. ގުޅިފަޅު ކައިރިއަށް ބޯވަ ނަގަން ފޭބި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، 21 އަހަރުގެ ދިވެހި ޒުވާނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:58 ހާޢިރު ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ގެއްލިގެން ހޯދަމުންދާ މީހާ އެންމެފަހުން ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.