މަސްވެރިކަން

އިންޑިއާ ކަނޑުގެ ސަރަހައްދުން ހިފެހެއްޓި ދިވެހި މަސް ދޯނި ދޫކޮށްލައިފި

ޝަހީދާ އަބްދުﷲ ސައީދު

އިންޑިއާ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހިފެހެއްޓި ދިވެހި މަސް ދޯނި ދޫކޮށްލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ވަނީ ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ގައުމުތަކުގެ އިގްތިސޯދީ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ.

އަދި ރާއްޖޭގެ ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

12 މީހުންނާއެކު މަހަށް ނުކުމެ އުޅުނު ''ވީވަރު'' ދޯނި ހިފެހެއްޓީ ރޭގެ ވަގުތެއްގައެވެ. އެމްއެންޑީއެފުން ބުނީ މަސްދޯނި މިހާރު ވަނީ ރާއްޖެ އައުމަށް ދަތުރު ފަށާފައި ކަމަށް ވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެ މަސްދޯނި އިންޑިއާ ކަނޑުގެ ސިފައިން ހިފަހައްޓައި، އެ މީހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ އުތުރުން އިންޑިއާގެ އިގްތިސާދީ ޒޯނުގެ ތެރޭގައި ހިމެނޭ މަލިކު ކައިރިން، މަސްވެރިކަން ކުރަމުން ދަނިކޮށެވެ.