ޚަބަރު

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރެޖިސްޓްރީއަށް ބަދަލު ގެނެސް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަހުމަދު ޖައިޝަން

މިދިޔަ މަހުގެ 29ގައި ޝާއިއުކުރި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތައް ގެޒެޓުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ލިސްޓު މިހާރު ގެޒެޓުންނާއި އިލެކްޝަންސް އަދި ކައުންސިލްތަކުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިއަދު ހުޅުވާލާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަނުން ބުނީ މި މަހުގެ 26 ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރިލް މަހުގެ ހައެއްގައެވެ.