ޚަބަރު

އެސްއޯއެފުން ފައިސާ ދޫކުރި ކުންފުނިތަކުގެ ތެރޭގައި މެމްބަރު ފަލާހުގެ ކުންފުންޏެއް!

3

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަނުން، މިއަދު ނެރުނު ރިޕޯޓްގައި އެސްއޯއެފުން ފައިސާ ޖަމާކުރި ކުންފުނިތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ކުންފުންޏެއް ހިމެނިފައިވާކަން ހާމަވެއްޖެއެވެ.

އޭސީސީ ރިޕޯޓުގައި އެސްއޯއެފުން ފައިސާ ޖަމާކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެއް ކަމަށްވާ މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ފަލާހުގެ ކުންފުންޏެއް ކަން ވަނީ ކަށަވަރުވެފައެވެ.

އެސްއޯއެފް އިން މެރިން ޑިޒައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 80،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ކުންފުންޏަކީ 2010 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެކެވެ.

ފަލާހުގެ ކުންފުނީގެ އިތުރުން އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ރެޑްވޭވް ރެޑްވޭވް ޕްރައިވެޓް ލިމިޓެޑަށް އެސްއޯއެފް އިން 1,519,000 ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ނިސްބަތްވާ ވިލާ ޓްރެވަލްސް އެންޑް ޓްވާސްއަށް 700,000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟