ޚަބަރު

މަހުލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން އެންގެވުމުން ދޭހަވަނީ ރައީސް ސޯލިހުގެ ހިތްވަރުގަދަކަން: ޑރ. އިޔާޒް

2

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އެންގެވުމުން ދޭހަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހިތްވަރުގަދަކަން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، އެސްއޯއެފްގެ އެކައުންޓުން ދޫކުރި ފައިސާގެ މައްސަލައިގެ ތަހުގީގު ނިމެންދެން މަހުލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް ސޯލިހު ވަނީ އަންގަވައިފައެވެ.

އިޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަހުލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން އެންގެވުމުން ދޭހަވަނީ ރައީސް ސޯލިހުގެ ހިތްވަރުގަދަކަން ކަމަށާއި ތިމަންނަގެ ސަރުކާރު ހިމާޔަތްކުރަން ކަނޑި އުރައިން ދަންމަވައިގެން ހުންނެވި ޚާލިދު ބިން ވަލީދޭ، ރައީސް ވިދާޅުވެފައި ނުވާ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ އިރު، އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟