ޚަބަރު

އެސްއޯއެފްގެ އެކައުންޓުން ޖަމާކޮށްފައިވާ 9000 ޑޮލަރަކީ ވިޔަފާރީގެ ބޭނުމަށް ގަނެފައިވާ ޑޮލަރުތަކެއް: މެގަޗިޕް

އެސްއޯއެފްގެ އެކައުންޓުން ޖަމާކޮށްފައިވާ 9000 ޑޮލަރަކީ ވިޔަފާރީގެ ބޭނުމަށް ގަނެފައިވާ ޑޮލަރުތަކެއް ކަމަށް މެގަޗިފް އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ނިންމައި އެންޓިކޮރަޕްޝަން ކޮމިޝަނުން، މިއަދު ނެރުނު ރިޕޯޓްގައި އެސްއޯއެފުން ފައިސާ ޖަމާކުރި ފަރާތްތަކުގެ ތެރޭގައި މެގަޗިޕް ހިމެނެއެވެ.

އެކަމާ ގުޅޭގޮތުން މެގަޗިފް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން އާންމު އުސޫލުން ވިޔަފާރިއަށް ބޭނުންވާ ޑޮލަރު، ބޭނުންވާ އަދަދަށް ބޭންކުތަކުން ނުލިބޭތީ އެކި ފަރާތްތައް މެދުވެރިކޮށް ގަންނަމުން އަންނަ ކަމަށެވެ.

އޭސީސީ ރިޕޯޓުގައި މެގަޗިޕް އެކައުންޓަށް ޖަމާކުރެވިފައިވާ ކަމަށް ބުނާ 9000 ޑޮލަރަކީ އެ ކުންފުނީގެ ވިޔަފާރި ބޭނުމަށް 9000 ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކަށް ދިން ދިވެހި ފައިސާގެ ބަދަލުގައި ޓްރާންސްފާ ކޮށްފައިވާ ޑޮލަރު ކަމަށް މެގަޗިޕް އިން ބުންޏެވެ.