ޚަބަރު

އިންތިހާބުގައި ބައިވެރިވުމަށް ޕާޓީތަކުން ދޭ ގަރާރުތައް ބާތިލުކުރުމަށް އެދި ދަނީ ހުށަހަށަޅަމުން: އީސީ ޝަރީފް

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕާޓީތަކުން ކުރިމަތިލާ ފަރާތްތަކަށް ޕާޓީން ދޭ ގަރާރު ބާތިލުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަމުންދާ ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ކޮމިޝަންގެ ރައީސް ޝަރީފް މިއަދު މިހެން ވިދާޅުވެފައިވަނީ ގަރާރު ބާތިލުކުރުމަށް ހުށަހަޅަމުން ދާތީ އެކަމަށް ސަމާލުވުމަށެވެ.

އެކަން ބަލައިގަނެވޭނީ އެ ޕާޓީން ވަކިން ލިޔުމެއް ހުށަހެޅުމުން ކަމަށާއި އެ ލިޔުން ހުށަހެޅޭނީ އިލެކްޝަނުން އެޕްލިކޭޝަން ގަބޫލުކުރި ކަމުގެ ލިޔުން ފޮނުވުމުގެ ކުރިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީން އަދާލަތު ޕާޓީއަށް ބައެއް ދާއިރާތައް ދޫކޮށްލުމާ ދެމެދު ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް އެ ޕާޓީން ފަހުން ނިންމާފައިވަނީ ދާއިރާތައް ދޫކޮށްލަން ބޭނުން ނަމަ އެ މަސައްކަތް ކުރާނީ ކެނޑިޑޭޓުން ކަމަށެވެ.