އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަނީ ލޯންޑަރިންނަށް ބޭނުންކޮށްފައިވާ ޑޮލަރު ނެޓްވޯކްގެ މައުލޫމާތާއި މުއާމަލާތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން ހާމަވެއްޖެއެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށް އެ ފައިސާ ލޯންޑަރ ކުރުމަށް ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކެއް ބޭނުންކޮށްފައިވާ ކަމަށެވެ.
އެ ނެޓްވޯކުގައި 20 ފަރާތެއް ހިމެނެއެވެ. އެ ފަރާތްތަކަށް ފައިސާ ފޮނުވާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްއޯއެފްގެ 2-701832-7701 ޑޮލަރު އެކައުންޓުންނެވެ.
އެ 20 ފަރާތުގެ ތެރެއިން ފަސް ފަރާތަކަށް ވަނީ ދިވެހި ރުފިޔާވެސް ޓްރާންސްފާކޮށްފައެވެ. އެ ފަސް ފަރާތަށް ފައިސާ ޖަމާކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގައި އެސްއޯއެފުން ހުޅުވާފައިވާ 3-701832-7701 ދިވެހި އެކައުންޓުންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ތިރީގައި އެވަނީ ޑޮލަރާއި ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ނެޓްވޯކުގައި ހިމެނޭ ފަރާތްތަކުގެ ލިސްޓެވެ.