ޚަބަރު

''ތަރައްގީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ، އިންސާނާގެ ޒާތުން އުފެދިގެން އަންނަ ކަމެއް''

އަހުމަދު ޖައިޝަން

ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި ގުޅިފައިވާ އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއް ކަމަށް ރައީސުލްޖުމްހީރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ޑިގްރީ ކިޔެވުން ހިލޭ ކުރެއްވުން އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައެވެ. ރައީސް ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި މުޖުތަމައަކަށް އަންނަ އުމްރާނީ ބަދަލުތައް ނޫން ކަމަށެވެ.

"އެހެންވީމާ ގައުމު ތަރައްގީވާން ބޭނުން ނަމަ އެންމެ ފުރަތަމަ ތަރައްގީކޮށްދޭން ޖެހޭނީ އިންސާނާގެ ވިސްނުން. އަޅުގަނޑުމެން މި ކުރަނީ އެ މަސައްކަތް" އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތް ކުރައްވަމުން ގެންދަވަނީ ގައުމުގެ ލީޑަރުންނަށް ވާން ތިބި ޒުވާނުންގެ ސިކުނޑިތައް ތަރައްގީ ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމަކީ ގައުމެއްގެ ތަރައްގީގެ މައި އިންޖީން ކަމަށެވެ.