ޚަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓް އާއްމުކޮށްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން ހިންގި ތަހުގީގުގެ ފުލް ރިޕޯޓު މިއަދު އާންމުކޮށްފި އެވެ.

މި ތަހުގީގަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅިގެން (އޭސީސީން) އަމިއްލައަށް އިސް ނަގައިގެން ކުރިއަށް ގެންދިޔަ ތަހުގީގެކެވެ.

އޭސީސީގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ މި ރިޕޯޓުގައި 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށް ވަނީ ބުނެފައި ވެއެވެ.

އަދި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް، ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓްގައިވާގޮތުން ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 77.45 މިލިއަން ޑޮލަރު އެމްއެމްޕީއާރްސީއަށް ލިބެންޖެހެއެވެ. ނަމަވެސް މި ދެންނެވި ފައިސާގެ ތެރެއިން އެކުންފުންޏަށް ވަދެފައިވަނީ އެންމެ 12.5 މިލިއަން އެމެރިކާ ޑޮލަރެވެ.

މި ފައިސާގެ ތެރެއިން 1.5 މިލިއަން ޑޮލަރު މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔައި ކުންފުންޏަކަށް ވަނީ ޖަމާކޮށްފައެވެ.