ޚަބަރު

ސައުދީގައި ވަރުގަދަ ޝޯއެއް ދިނުމަށްފަހު ޖަސްޓިން ބީބާ ޗުއްޓީއަށް ރާއްޖެއަށް

އިނގިރޭސި ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޗުއްޓީއަށް ރާއްޖެ އައިސްފައިވާކަން އެނގިއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އަންހެނުން އަދި މޮޑެލް ހައިލީ ބޯލްޑްވިން އާއެކު ޖަސްޓިން ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައި ޕްރައިވެޓް ޖެޓެއްގައެވެ. އެމީހުންގެ ޖެޓު ޖައްސާފައި ވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށްވެސް އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި، ޖަސްޓިންގެ ދެމަފިރިންނާއެކު ހަތަރު ވަރަކަށް މީހުން ޖެޓުގައި ރާއްޖެ އައިސްފައިވެއެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަމުން ދަނީ ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީގައި ކަމަށްވެއެވެ.

ޖަސްޓިން ރާއްޖެ އައިސްފައި މިވަނީ މިދިޔަ އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ވަރުގަދަ ޝޯއެއް ދިނުމަށްފަހުއެވެ.