މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ މަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު, މިދިޔަ މަހު 144,725 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިއަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާ އިރު 1.9 ޕަސެންޓުގެ އިތުރުވުމެކެވެ. އެ މަހު 142,065 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން, މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 4,824 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުވެސް, 5,987 ފަތުރުވެރިން އައެވެ.