ލޯބިވެރިންގެ ދުވަހަކީ ކާފަރުން ފާހަގަކުރަން ފެށި ދުވަހެއް ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކާފަރުން ފާހަގަކުރާ އެކި ކަހަލަ އީދުތަކާ ދުރުހެލިވުމަށް މާތް ނަބިއްޔާ އަމުރުކުރައްވާފައިވާ ކަމަށާއި މުސްލިމުންނަކީ ހިތަށް އެރި ގޮތަކަށް އުޅޭ ބައެއް ނޫން ކަމަށެވެ. އަދި މުސްލިމުން އެފަދަ ދުވަސްތައް ފާހަގަކުރުމާއި ދުރުހެލިވާން ޖެހޭ ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
މުސްލިމުންނަށް ކޮންމެ ދުވަހަކީވެސް ލޯބީގެ ދުވަހެއް ކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ ނަމަވެސް އެއީ އަނބިމީހާއާއެކުގައި ކަމަށާއި ނަހަލާލު އަނބިންނާއެކުގައި ނޫން ކަމަށެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަކީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ބައެއް މީހުން ފާހަގަކޮށްއުޅޭ ދުވަހެކެވެ.