ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އަދާލަތުން 8 ދާއިރާއަކުން ކެނޑިޑޭޓުންނަށް ޓިކެޓު ހަވާލުކޮށްފި އެވެ.
މިރޭ އަދާލަތު ޕާޓީގެ އޮފީހުގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ކެނޑިޑޭޓުންނާއި ޕާޓީގެ ޓިކެޓު ހަވާލުކޮށްދީފައި ވަނީ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެވެ.
އަދާލަތު ޕާޓީގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރައްވާ ބޭފުޅުންނާއި ދާއިރާތައް:
1. ތޫބާ ރަޝިދު - ހއ. ކެލާ ދާއިރާ
2. އަނާރާ ނައީމް - ހދ. މަކުނުދޫ ދާއިރާ
3. ހުސެއިން ސަގީފް - ހދ. ވައިކަރަދޫ ދާއިރާ
4. އަހުމަދު ހުސެއިން - ރ. އިނގުރައިދޫ ދާއިރާ
5. އަހުމަދު އަދީލް - ކ. ކާށިދޫ ދާއިރާ
6. އަލީ އާޒިމް - އދ. މަހިބަދޫ ދާއިރާ
7. އައިޝަތު ރިޔާޝާ - މ. މުލަކު ދާއިރާ
8. މުސްހަބު މުހައްމަދު - ފ. ނިލަންދޫ ދާއިރާ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވަނީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.