ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދައުވަތަކަށް މައުމޫން މެލޭޝިޔާއަށް

ޝަހީދާ އަބްދުﷲ ސައީދު

މެލޭޝިޔާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ދައުވަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިޔާއަށް މިރޭ ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްއާރުއެމްގެ މަޖިލިސް ކެމްޕޭންގެ ތަރުޖަމާނު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވީ ރައީސް މައުމޫންގެ މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އާމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ވަޑައިގަންނަވާނެ ކަމަށެވެ.

ތަޒުމީލް ވިދާޅުވީ މައުމޫންގެ ދަތުރުފުޅަކީ ކުރު ދަތުރުފުޅެއް ކަމަށެވެ.

އަދި އެދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަތުމުން، މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ލޯންޗްކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް ތަޒުމީލު ވިދާޅުވިއެވެ.