އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހާބީބުގެ ދައުރު އަންނަ މަހުގައި ހަމަވާނެއެވެ.
އޭނާގެ ދައުރު ހަމަވަން ގާތްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރެވެ. އެގޮތުން ކޮންމެ ފަރާތަކަށްވެސް ދެ ދައުރު މެމްބަރުކަން ކުރެވޭނެއެވެ.
އެހެންކަމުން ހަބީބަށްވެސް އިލެކްޝަންސްގެ މެމްބަރުކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.