ޚަބަރު

އިންފްލޭޝަން ދަަށަށް ދިޔައިރު، ގޭގެ ކުއްޔާއި މޭވާ އާއި ދަތުގެ ފަރުވާގެ އަގު މައްޗަށް

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ އިންފްލޭޝަން 0.26 ޕަސެންޓް ދަށަށް ދިޔަ ނަމަވެސް ގޭގެ ކުއްޔާއި މޭވާ އާއި ދަތުގެ ފަރުވާގެ އަގު މައްޗަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އިން ނެރެފައިވާ ރާއްޖޭގެ އިންފްލޭޝަން ރޭޓާބެހޭ ތަފާސް ހިސާބުތައް ދައްކާގޮތުގައި، ހުސްވި ޑިސެންބަރު މަހުގެ ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ 26 ޕަސެންޓެވެ. އަދި ނޮވެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 0.08 ޕަސެންޓުގައެވެ.

އަގުތައް މައްޗަށް ގޮސްފައިވާ އެއްޗެހީގެ ތެރެއިިން ގޭގެ ކުލީގެ ބައިން 0.46 ޕަސެންޓް އަގު މައްޗަށް ގޮސްފައިވާ އިރު، މޭވާގެ އަގުތައް ވަނީ 2.86 ޕަސެންޓް މަތިވެފަ އެވެ. މީގެ އިތުރުން ދަތުގެ ފަރުވާގެ ބައިން 16.67 ޕަސެންޓް ވަނީ އަގު މަތިވެފަ އެވެ.

އަގުތައް ދަށަށް ގޮސްފައިވާ ތަކެއްޗަށް ބަލައިލާ އިރު، މަހުގެ ބައިން 2.8 ޕަސެންޓް މައްޗަށް ގޮސްފައިވެއެވެ. އަދި ކިރާއި ބިސް އަދި ޗީޒްގެ އަގު 0.80 ޕަސެންޓް ވަނީ ދަށަށްގޮސްފަ އެވެ. މީގެ އިތުރުން ވީޑިއޯ އޯޑިއޯ ރެކޯޑް ކުރާ ތަކެތިން 7.65 ޕަސެންޓް އަދި ތަރުކާރީގެ ބައިން 1.89 ޕަސެންޓް، ގެދޮރާއި ބޭނުންކުރާ ހަރު މުދާ 1.81 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފަރުނީޗަރު 1.5 ފަސެންޓް، ދުފާ ސާމާނު 2.19 ޕަސެންޓް އަދި އަންނައުނު 0.86 ޕަސެންޓް، ގޯތިގެދޮރުގައި ބޭނުންކުރާ (މޯޓަރު ފަދަ ސާމާނު)ގެ ބައިން 1.19 ޕަސެންތް ވަނީ އަގުހެޔޮވެފަ އެވެ.