އުރީދޫން ޔޫޓިއުބް އަދި ޓިކްޓޮކްއަށް ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ މިއަދު ތައާރަފުކުރި ޑޭޓާ ޕެކްތަކަކީ 10 ރުފިޔާއިން ފެށިގެން 250 ރުފިޔާއާ ހަމައަށް ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ ޕެކްތަކެއް ކަމަށެވެ.
އުރީދޫން ބުނީ ޓިކްޓޮކް އާއި ޔޫޓިއުބަކީ ގިނަ ކަސްޓަމަރުންތަކެއް ބޭނުންކުރާ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކެއް ކަމަށާއި އެހެންކަމުން މި ޑޭޓާ ޕެކްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކުވެސް ޓިކްޓޮކް އަދި ޔޫޓިއުބް ކޮންޓެންޓް ހެޔޮ އަގުގައި ބަލައިލުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
އަލަށް ތައާރަފުކުރި ޑޭޓާ ޕެކްގެ އިތުރުން، އުރީދޫ ފްލިކްސް ޕެކް ނަގާ ފަރާތްތަކަށް ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕްގެ ކޮންޓެންޓް ބަލައިލެވޭނެއެވެ.