ހިޔާ މަޝްރޫއުގެ ފްލެޓު ތަކަށް މާކްސް ދީ އެވޯޑު ކޮށްފައި ހުރި ގޮތުގެ މައްސަލަ ބަލާއިރު، ކޮމިޓީގެ ވިސްނުން ބަހައްޓާނީ، އިންސާފު ގެއްލުނު މީހުންގެ ހައްގުތައް ހޯދައި ދިނުމަށް ކަމަށް އެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލްވައިލެއްވި ކޮމިޓީން ބުނެފި އެވެ.
ފްލެޓުތަކުގެ މައްސަލަތައް ބަލާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ މެންބަރު އަހުމަދު ތޮލާލު ވިދާޅުވީ ފޯމްތައް އެސެސްކުރަމުން ގެންދާއިރު މިހާރުވެސް ގިނަ މައްސަލަތައް އެބަ ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން ފޯމް ލިބެން ނުޖެހޭ ފަރާތްތަކަށް އިންސާފުން ބޭރުން ފޯމް ލިބިފައިވާ ކަމަށް ތޮލާލު ފާހަގަކުރެއްވިއެވެ.
"އިތުރު ކަމެއް ފާހަގަކުރާނަން. މި ހުރިހާ ފަރާތްތަކަކީ ނުހައްގުން ލިބިފައިވާ ފަރާތްތަކެކޭވެސް ނުދެންނެވޭނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ޒިންމާއަކީ މީގެތެރެއިންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ނުހައްގުން ފްލެޓް ދެވިފައިވާ ފަރާތްތަކާއި ހައްގުން ފްލެޓް ދީފައިވާ ފަރާތްތައް ހޯދުން،" އޭނާ ވިދާޅުވިއެވެ.
ކޮމެޓީގެ އެހެން މެންބަރަކު ވިދާޅުވީ ކޮމެޓީގެ މަސައްކަތުގެ މައިގަނޑު ވިސްނުމަކަށް ވާނީ މުޅި މައްސަލަ ބަލައި ނިމޭ އިރު އިންސާފުން އެކަން ނިމިގެން ދިއުން ކަމަށެވެ.