ގިނަ ސްކޫލުތަކަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނުކޮށްފައެވެ. އެޑިޔުކޭޝަންގެ އިއުލާނުގައިވާ ގޮތުން ޕްރިންސިޕަލުންގެ މަގާމަށް ކުރިމަތިލާން ބޭނުން ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް މެއިލް ކުރަން ޖެހޭނެއެވެ.
ޕްރިންސިޕަލްގެ މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ހާސިލު ކޮށްފައިވާ ތައުލީމާއި ތަމްރީނަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ގާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިންޓަވިއުގައި ހޯދާ މާކްސް އަށް ބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.