މާލެއިން ފުރައިގެން ރ. އަތޮޅަށް، 46 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއްގެ އިންޖީން ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓުގައި ތިބި 46 މީހުންގެ ތެރޭގައި 13 އަންހެނުންނާއި ދެ ކުޑަކުދިން ތިބި ކަމަށެވެ.
އެ ބޯޓު ހުއްޓިފައިވަނީ ކ. ގާފަރުގެ 15 ނޯޓިކަލް މޭލު ހުޅަނގު އުތުރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ބޯޓެއް ކަނޑުމަތީ ހުއްޓިފައިވާކަމުގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ ދަންވަރު 0210 ހާއިރު ކަމަށެވެ.