ޚަބަރު

ބުރުނި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށަނީ

އަލީ ޔާމިން

ތ. ބުރުނި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ބުރުނީގެ ގިރާ ސަރަހައްދަށް 21،181.80 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖައްސާފައިވާ މި މަޝްރޫއަކީ 28.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން ހަތް މަޝްރޫއަކީ

ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.