ޚަބަރު

މަޖިލިސް އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަނުން ނިންމައިފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 39 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަނުން މިކަން އާންމުކޮށްފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ. ނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކޮން ރިސޯޓުތަކެއްގައި ކަން އިލެކްޝަނުން ހާމައެއް ނުކުރެއެވެ.

އަންނަ އޭޕްރީލް މަހު 6ގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ނިންމާފައިވާ އިރު، މީގެ ކުރިން އިލެކްޝަނުން ވަނީ 100 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރާ ކޮންމެ ތަނެއްގައި ވޯޓުފޮށި ބަހައްޓާނެ ކަމަށް ބުނެފައެވެ.