ވެލިދޫ އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ވެލިދޫ އައިލެންޑް ރިސޯޓުގައި ގެނބިގެން މަރުވެފައިވަނީ 78 އަހަރުގެ އޮސްޓްރިއާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާކަން އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 4:49 ހާއިރެވެ.
މިދިޔަ ހަފުތާ ތެރޭ ވެސް ފަތުރުވެރިޔަކު ވަނީ ގެނބިގެން މަރުވެފައެވެ. އެ ހާދިސާގައި ރޮބިންސަން ރިސޯޓުން ގެނބިގެން މަރުވެފައިވަނީ 45 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.