ޚަބަރު

ރަހީނުކުރި ކަމަށް ބުނާ 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ

ރިފާ ހަލީލު

ހުޅުމާލެއިން ރޭ ދަންވަރު ގެއްލިގެން ރިޕޯޓުކުރި އަންހެން ކުއްޖާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހުޅުމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ ދަންވަރު 12:50ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ހޯދަމުން ދަނިކޮށް މިއަދު ހެނދުނު 6:17 ހާއިރު އެ ކުއްޖާ ފެނިފައިވާ ކަމަށްވެސް ވިދާޅުވއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އޮފިސަރު ވިދާޅުވިއެވެ.

މި އަންހެން ކުއްޖާ ރަހީނު ކުރި ކަމަށް ވާހަކަ ފެތުރުނު ނަމަވެސް ފުލުހުން އެކަން ޔަގީންކޮށެއްނުދެއެވެ.