އިބްރާހިމް ޒަކީ
ޕްރައިމަރީތަކުން ބަލިވާ ފަރާތްތަކަށް އިންތިހާބު ތަކުގައި، ވާދަ ނުކުރެވޭގޮތައް ގާނޫނުގައި އޮތް މާއްދާ ބާތިލް ކުރުމަށް، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީން ބަލިވެވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ޝަރުތުތައް ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ ކަމަށެވެ.
އަދި " އޭގެ ބޭރުން ޝަރުތު ކުރުމުގެ ބާރެއް އެއްވެސް މީހަކަށް ނެތް، ގާނޫނުއަސާސީއާ ހިލާފް އެ މާއްދާ ބާތިލް ކުރަން، ސުޕްރީމް ކޯޓުގައި އެދިއްޔަޖައިން ކަމަށެވެ.