ޚަބަރު

އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ، ނައިބު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރާތްކުރައްވައިފި

އަހުމަދު ޖައިޝަން

3

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ވަދާއީ ޒިޔާރާތް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ބައިލެޓަރަލް ގުޅުން ވަރުގަދަ ކުރެއްވުމުގައި ސަފީރު ކުރެއްވި މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި ކުރިޔަށް އޮތް ތަނުގައި ވެސް ގާތް ގުޅުމެއް އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.

އެ ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟