ޚަބަރު

ކިއުގައި ނުޖެހި އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދެވޭނެގޮތް ހަމަޖައްސައިފި

އަހުމަދު ޖައިޝަން

5

ކިއުގައި ނުޖެހި އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދެވޭނެގޮތް ހައުސިން މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓް ސްކީމްތަކަށް އެޕްލައި ކުރެވޭ އޮންލައިން ޕޯޓަލް އިފްތިތާހުކުރައްވާފައިވަނީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއެވެ.

އެ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ، ސްކީމްތައް އައުމާއެކު އެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ސްކީމަށް އެޕްލައި ކުރެވޭނެ ކަމަށެވެ.

"މި ޕޯޓަލް މެދިވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް، ބޭނުން ވަގުތަކު ބޭނުން ތަނެއްގައި ހުންނަވައިގެން އިޖުތިމާއީ ބޯހިޔާވަހިކަމަށް އެދިވަޑައިގެންނެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެއީ ރައްޔިތުންނަށް ވަރަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ތަނެއްގައި ހުރެ، މޯބައިލް މެދުވެރިކޮށްވެސް ޕޯޓަލް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކަށް އެޕްލައި ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިއަދުން ފެށިގެން ކޮންމެ ދިވެހި ރައްޔިތަކަށް އެ ޕޯޓަލް ގައި ރެޖިސްޓާ ކުރެވޭނެ އެވެ.

ޕޯޓަލް

vehi.egov.mv

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟