އަލީ ޔާމިން
ޝަރުތު ހަމަނުވާ ދަރިވަރުން ކޯސްތަކުގައި ބައިވެރިކޮށް، ކަނޑައަޅާފައިވާ އުސޫލުތަކުން ބޭރުން ސަނަދު ދޫކުރާ މައްސަލައިގައި ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓު (ސީއައިޓީއެމް)ގެ މަތީ ތައުލީމު ހުއްދަތައް ބާތިލުކޮށްފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ސީއައިޓީއެމްގެ މަތީ ތައުލީމު ޕްރޮގްރާމުތަކުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
ސީއައިޓީއެމްގެ ހުއްދަތައް ހިފަހައްޓައި ބްލެކްލިސްޓް ކުރި ނަމަވެސް މިހާރު ނަގާފައިވާ ބެޗުުތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން އެމްކިޔުއޭގެ ހުއްދަ އެބައޮތެވެ.
އެމްކިޔުއޭގެ އިއުލާނުގައި ބުނީ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ސީއައިޓީއެމްއަށް އެއް މަސް ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށާއި އެ މުއްދަތުގައި ލިޔެކިޔުންތައް ހުށަނާޅައިފިނަމަ އެ މަރުކަޒުގެ ރަޖިސްޓްރީއާ މެދު ފިޔަވަޅު އަޅަން ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށެވެ.