ޚަބަރު

އުމަރު ނަސީރު އިސްކޮށް ހުންނަވައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހަރަކާތެއް ފަށްޓަވައިފި

އަހުމަދު ޖައިޝަން

1

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި ހަރަކާތެއް ފަށްޓަވައިފި އެވެ.

"ފައިބާ" ސްލޯގަންގެ ދަށުން ހާއްސަ ހަރަކާތެއް ފެށުމަށް އިއުލާނުކޮށް އެކަމުގައި އާންމުންގެ ފަރާތްތަކުން ބައިވެރިވުމަށް އުމަރު ނަސީރު ވަނީ ހުޅުވައިލައްވައިފަ އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުވެސް ބައިވެރިވެވަޑައިގަންނަވާ އެ ހަރާކާތުގެ ދަށުން ރޭ ދަރުބާރުގޭގައި ވަނީ ހާއްސަ މަޝްވަރާކުރުމުގެ ހަރާކަތެއް ކުރިއަށް ގެންގޮސްފައެވެ.

އުމަރު ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ވަނީ އެ ހަރަކާތަށް ސްޕޯޓު ދިނުމަށާއި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާން ފޯމެއް އެޓޭޗްކޮށްފައެވެ. އަދި އެ ޕޯސްޓުގައި އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބުމީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ދިވެހީން ތެދުވާން ޖެހޭނެ ކަމަށްވެސް އުމަރުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އުމަރު ވަނީ މީގެކުރީންވެސް ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މުޒާހަރާ ހިނގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް އޭނާ ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟