ޚަބަރު

ޝަރުއީ ނިޒާމު އިސްލާހުކުރާކަށް ނުޖެހޭ، އެ ނިޒާމު އޮތީ ވަރަށް ފުރިހަމަކޮށް: ފަރުހާދު

ޝަރުއީ ނިޒާމު އިސްލާހުކުރާކަށް ނުޖެހޭ ކަމަށާއި ޝަރުއީ ނިޒާމު އޮތީ ވަރަށް ފުރިހަމަކޮށް ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި އައްޑޫ މީދޫ ދާއިރާއަށް ވާދަކުރައްވާ ފަރުހާދު، ޖޭޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެޖެންޑާ 19 އޭ ކިޔައިގެން ބޭނުންވަނީ ހުދުމުހުތާރުވާން ކަމަށެވެ.

"ޝަރުއީ ނިޒާމު މި ރާއްޖޭގައި އިސްލާހު ކުރާކަށް ނުޖެހޭ. މިވަގުތު ޝަރުއީ ނިޒާމު ވަރަށް ފުރިހަމަކޮށް އޮތީ. ތިމާމެންގެ އަތުގެ ތެރެއަށް ޖުޑިޝަރީ ނުލެވިގެން ހުރިހާ ވެސް ވާހަކައެއް އެ ދައްކަނީ ދިވެހިރާއްޖޭގައި މިވަގުތު ގެނެވިފައި މިއޮތް ޑިމޮކްރަސީއަށް ކެތް ނުކުރެވިގެން،" އޭނާ ވިދާޅުވިއެވެ.

ފަރުހާދު ވިދާޅުވީ ރިޔާސީ ނިޒާމަކީ މި ރާއްޖެއަށް އެންމެ ފުރިހަމަ ނިޒާމު ކަމަށާއި އެ އުޅެނީ ހުދުމުހުތާރު ނިޒާމެއްގެ ތެރެއަށް ނުގެންދެވިގެން ކަމަށެވެ. އަދި ބޭނުންވަނީ އެޖެންޑާ 19 އޭ ކިޔައިގެން އެކެއްގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް ލާން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.